28th June 2024

ރާއްޖޭގެ މާލީ ނިޒާމް ހަރުދަނާކުރުމުގެ މުޙިންމު ފިޔަވަޅުތަކެއް އަޅުއްވަން ނިންމެވިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަށް މަރުޙަބާ ދަންނަވައި ޝުކުރު އަދާކުރަން

ދިވެހިރާއްޖެ ވައްޓާލައިވާ އިޤުތިޞާދީ އަނދަވަޅުން ނަންގަވައި ރާއްޖޭގެ މާލީ ނިޒާމް ހަރުދަނާކުރުމުގެ މުޙިއްމު ފިޔަވަޅުތަކެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަޅުއްވަން ނިންމަވާ އެކަން އިޢުލާނު ކުރެއްވިކަމަށްޓަކައި މިކޯލިޝަންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް އިޚުލާސްތެރިކަމާއެކު މަރުޙަބާ ދަންނަވައި ޝުކުރު އަދާކުރަމެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅުއްވަން ނިންމަވާފައެވެ. އެގޮތުން, ސަރުކާރުގެ ރިކަރަންޓް ޚަރަދު ކުޑަކުރުމުގެ ގޮތުން ސިޔާސީ މަޤާމުތަކުގެ އަދަދު މަދުކުރުމާއި, އެކި މުނާސަބަތުތަކުގައި ބާއްވާ ޙަފްލާތަކަށް ކުރާ ޚަރަދުތައް މަދު ކުރެއްވުން ފަދަ ކަންކަން ހިމެނެއެވެ. އަދި އެނޫންވެސް އިތުރު ފިޔަވަޅުތައް އަޅުއްވާނެކަން ވަނީ ހާމަކުރައްވާފައެވެ.

ރައްޔިތުންނަށް އޭގެން މާބޮޑު ނޭދެވޭ އަސަރެއް ނުކުރާނެ ގޮތަކަށް މާލީ ނިޒާމް ހަރުދަނާ ކުރެއްވުމަށް ވިސްނަވާ އަޅުއްވަން ނިންމެވި ފިޔަވަޅުތަކަކީ ސިޔާސީ މަންފާއަށްވުރެ ބޮޑަށް, ޤައުމީ ވިސްނުމަކުން ވިސްނަވާ އަޅުއްވާ ފިޔަވަޅުތަކެއްކަމަށް ޤަބޫލުކުރަމެވެ. އަދި މިކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތުގައި މާތްالله ސުބުޙާނަހޫ ވަތަޢާލާ ބަރަކާތް ލައްވާ އެމަނިކުފާނަށް ސާބިތުކަން ދެއްވާށި. އާމީން

ފައިލް ޑައުންލޯޑްކުރައްވާ

ޝެއަރ ކުރުމަށް