
މިއަދު އޮތް އިންތިޚާބުގައި ކާމިޔާބު ހޯދި މި ޕާޓީގެ ކެންޑިޑޭޓުންނަށް ޕާޓީގެ ރައީސް މަރުހަބާ ވިދާޅުވެއްޖެ
ޝެއަރ ކުރުމަށް
ކައުންސިލުތަކުން ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިޚާބު ކުރުމަށް މިއަދު އޮތް ބައި އިލެކްޝަން ގައި މި ޕާޓީގެ ކެންޑިޑޭޓުން ހޯދި ކާމިޔާބަށް ޕާޓީގެ ރައީސް / ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ދަންނަވައިފިއެވެ.
ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ މިއަދު ކުރެއްވި ޕޯސްޓުގައި ބައި-އިލެކްޝަނުން ކާމިޔާބުކުރެއްވި ޕީއެންސީގެ ކެންޑިޑޭޓުންނަށާއި, ކެމްޕޭނުގައި މަސައްކަތްކޮށްދެއްވި ހުރިހާ ފަރާތްތަކާ އަދި ވޯޓްދެއްވި ހުރިހާ ރައްޔިތުންނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވައި ޝުކުރު އަދާކުރެއްވިއެެވެ.