Article Image

ކޮންގްރެސް ޕާޓީގެ ފޯރިގަދަ ހަރުގެ ޖަލްސާއެއް މިރޭ.

ޝެއަރ ކުރުމަށް

ދުވަސްކޮޅެއްގެ މެދު ކެނޑުމަކަށް ފަހު، ކޮންގްރެސް ޕާޓީގެ ވަރަށް ފޯރިގަދަ ހަރުގެ ޖަލްސާއެއް، މިރޭ 13 އޮކްޓޫބަރ 2024 ވަނަ ދުވަހުގެ ރޭ 20.30 ގައި ކޮންގްރެސް ހައުސް، ހ.ވެޔޮވިލާ (އާޓިފިޝަލް ބީޗް ކުރިމަތި) ގައި އޮންނާނެއެވެ. މި ޖަލްސާގައި ޕާޓީގެ ލީޑަރ ޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނާއި، މަޖިލިސް މެމްބަރުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

​​​ރައީސް ޑރ. މުޙައްމަދު މުޢިޒުގެ އިރުޝާދުގެދަށުން، ކޮންގްރެސް ޕާޓީން، ސިލްސިލާކޮށް ބާއްވާ ހަރުގެ ޖަލްސާ ތަކުގެ މަޤުޞަދަކީ، ރައްޔިތުންނާ ގާތުން ވެރިކަން ކުރުމަށް ޓަކައި، ރައްޔިތުންނަށް ކޮންމެހެން އެގެން ބޭނުންވާނެ މަޢުލޫމާތު، ރައްޔިތުންނަށް އޮޅުންފިލުވައި ދެއްވުމެވެ.

​​ އެހެންކަމުން ކޮންގްރެސް ޕާޓީގެ މެމްބަރުންނާއި ރައީސް ޑރ. މުޢިއްޒަށް ތާއީދު ކުރައްވާ އެންމެހާ ބޭފުޅުންނާއި، ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުންނަށް، މި ޖަލްސާގައި ބައިވެރިވަޑައިގަތުންއެދި ދަޢުވަތު އަރުވަމެވެ.