Article Image

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބުދުއްރަޙީމް ޖެނީވާއަށް ފުރާވަޑައިގެންފި

ޝެއަރ ކުރުމަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބުދުއްރަޙީމް ޢަބުދުالله، ސްވިޓްޒަލޭންޑްގެ ވެރިރަށް، ޖެނީވާއަށް ފުރައިވަޑައިގެންފިއެވެ. މިއީ މި ހިނގާ އޮކްޓޫބަރު މަހުގެ 13-17 އަށް، ޖެނިވާގައި އޮންނަ އިންޓަރ ޕާލަމެންޓްރީ ޔުނިއަންގެ 149 ވަނަ އެސެމްބްލީގައި ބައިވެރިވެ ވަޑައިގަތުމަށް އެ މަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.

​​​މި ދަތުރުފުޅުގައި އެ މަނިކުފާނު އަރިހުގައި، ރައްޔިތުންގެ މަޖިލިހުގެ 5 މެމްބަރުގެ މައްޗަށް އެކުލެވޭ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވައެވެ. މި ވަފުދުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ، ވިލިމާލެ ދާއިރާގެ މެމްބަރު މުޙައްމަދު އިސްމާޢިލާއި، މާފަންނު މެދު ދާއިރާގެ މެމްބަރ އަސްމާ ރަޝީދާއި، ހުޅުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝާހިދާއި، ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ޢަލީ ފަޒާދާއި، ކަނޑިތީމުދާއިރާގެ މެމްބަރ އަމީން ފައިސަލްއެވެ

​​​އައިޕީޔޫގެ މި އަހަރުގެ އެސެމްބްލީގެ މައުޟޫއަކީ ''ޞުލްހަވެރި، ދެމެހެއްޓެނިވި މުސްތަޤުބަލަކަށް ޓަކައި، ސައިންސާއި ޓެކްނޮލޮޖީ އެންޑް އިނޮވޭޝަންގެ ބޭނުން'' ހިފުމެވެ.