8th August 2024

އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދަށް ފުރައްސާރަކޮށް ފަތުރަމުން ގެންދާ ޙަޤީޤަތާއި ޚިލާފު ދޮގު ވާހަކަތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރުން

މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ އަބުރުފުޅު  ނަގާލުމުގެ ބޭނުމުގައި ސޯޝަލް މީޑިއާގެ އިތުރުން ބައެއް މީޑިއާތަކުން ހަޤީޤަތާއި ޚިލާފު ދޮގު ވާހަކަތައް ދައްކަމުން ގެންދަތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. 

ޑރ. ޝަހީމަކީ މުޅި އިސްލާމީ ދުނިޔޭގަައިވެސް ނަން ހިންގާ މަޝްހޫރު އަދި އިސްލާމީ ދައުލަތްތަކުން އެމަނިކުފާނުގެ ޚިދުމަތުގެ އަގު ވަޒަންކުރަމުން ގެންދާ ޚުލުޤުފުޅު ހެޔޮ ދީނީ ލީޑަރެކެވެ. އަދި އެމަނިކުފާނު އިސްލާމިކް މިނިސްޓަރުގެ މަޤާމުގައި ހުންނަވައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދީނީ ސިޔާސަތުތައް ކުރިއެރުވުމުގައި ސާބިތުކަމާއެކު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް މިކޯލިޝަން ފަޙުރުވެރިވަމެވެ. ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި އިސްލާމިކް މިނިސްޓްރީއާ ގުޅުންހުރި އެންމެހާ ކަންކަން ކުރެއްވުމުގައ ޑރ. ޝަހީމް އެ ގެންދަވަނީ ކާމިޔާބު ހޯއްދަވަމުންކަންވެސް ފާހަގަ ކުރަމެވެ. 

ކީރިތި ޤުރުއާން ހިތު ދަސް ދީނީ ލީޑަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދަކީ ފުރައްސާރަކޮށް ޙަޤީޤަތާއި ޚިލާފު ދޮގު އިލްޒާމުތަކުން ފަސްޖެހިވަޑައިގަންނަވާނެ ބޭފުޅެއް ނޫނެވެ. އެއީ ދީނީ ޢިލްމު ދެނެވަޑައިގެން ހުންނެވި ޢަޒުމް ވަރުގަދަ ސިޔާސީ ލީޑަރެކެވެ. އެހެންކަމުން އެމަނިކުފާނުގެ އަބުރުފުޅު ކަތިލުމުގެ ބޭނުމުގައި ބަޔަކު ކުރަމުން ގެންދާ ހަޑި މުޑުދާރު ނާތަހުޒީބު ކަންކަން މިހާރުން މިހާރަށް ހުއްޓާލުމަށް މި ކޯލިޝަނުން ގޮވާލަމެވެ. 

ފައިލް ޑައުންލޯޑްކުރައްވާ

ޝެއަރ ކުރުމަށް