18th July 2024

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ލޮބުވެތި މަންމާފުޅު އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެ ޢާއިލާއަށް ތަޢުޒިޔާ ދެންނެވުން

ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ލޮބުވެތި މަންމާފުޅު އަލްމަރްޙޫމާ މުއުމިނާ ޙުސައިންފުޅު އަވަހާރަވި ޚަބަރު މިކޯލިޝަންގެ އެންމެހާ މެންބަރުން އެހީ ވަރަށްވެސް ފުން ހިތާމައާއި އަސަރާއެކުއެެވެ. މާތްالله މަރްހޫމާގެ ފުރާނައަށް ރަޙުމަތް ލައްވާ ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި. އާމީން

އަލްމަރްޙޫމާ މުއުމިނާ ޙުސައިންފުޅު އަވަހާރަވުމުގެ ހިތާމައިގައި މި ކޯލިޝަންގެ އެންމެހައި މެންބަރުން ބައިވެރިވެ, ޢާއިލާއަށް މިކޯލިޝަންގެ ލީޑަރު, ޕީއެންސީގެ ރައީސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި މިކޯލިޝަންގެ ލީޑާރޝިޕާއި, ސެނެޓަރުންނާއި, ޕާލަމަންޓްރީ ގުރޫޕްގެ މެންބަރުންނާއި, ދާއިރާ ރައީސުންނާއި, ސްޓިއަރިންގ ކޮމިޓީތަކާއި އަދި މިކޯލިޝަންއަށް ނިސްބަތްވާ ދެ ޕާޓީގެ އެންމެހާ މެންބަރުންގެ ނަމުގައި ތަޢުޒިޔާ ދަންނަވަމެވެ. އަދި މާތްالله މަރުޙޫމާގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން މިންވަރު ކުރެއްވުން އެދި ދުޢާ ކުރަމެވެ. 

ފައިލް ޑައުންލޯޑްކުރައްވާ

ޝެއަރ ކުރުމަށް