
މިއަދު ބޭއްވުމަށް ނިންމި ބައިއިލެކްޝަންގައި ކޮންގްރެސް ޕާޓީއަށް ބޮޑު ކާމިޔާބެއް
ޝެއަރ ކުރުމަށް
މިއަދު 20 ޖުލައި 2024 ގަ ބޭއްވުމަށް އިޢުލާނު ކުރި ކައުންސިލްތަކުގެ 8 ގޮނޑިން 7 ގޮނޑި އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ 1 ގޮނޑި އާއެކު ޖުމްލަ 8 ގޮނޑި ކޮންގްރެސް ޕާޓީން ކާމިޔާބުކޮށްފިއެވެ.
ކޮންގްރެސްޕާޓީންކާމިޔާބުކުރިދާއިރާތަކަކީ
ފާޠިމަތު ޝައުފާ ސަލީމް – ހެންވޭރު ހުޅަނގު ދާއިރާ
ފާޠިމަތު އިޝާން ޢަލީ – މައްޗަންގޮޅި މެދު ދާއިރާ
ޢަލީ އައިމަން – ހުޅުމާލެ ދާއިރާ
އިބްރާހީމް އަޙްމަދު – ކުޅުދުއްފުށި ސިޓީ އުތުރު ދާއިރާ
ޢަރީޝް އިސްމާޢީލް – ބިލެއްދޫ ކައުންސިލްގެ ރައީސް
އިތުރު އެއްވެސް ކެންޑިޑޭޓަކު ކުރިމަތިނުލުމުން 3 ދާއިރާއެއްގެ ގޮނޑި ކޮންގްރެސް ޕާޓީއަށްވަނީ ލިބިފަ އެވެ. އެއީ
މުހައްމަދު ސަނީ - ޅ އަތޮޅު ކައުންސިލްގެ ރައީސް
އަބްދުﷲ ސާމިހު - ރ. ހުޅުދުއްފާރު ކައުންސިލް މެންބަރު
ފާތިމަތު މޫސާ - ޅ. ހިންނަވަރު ޑަބްލިއުޑީސީގެ މެންބަރު
މި ފަހުން އޮތް ގިނަ ބައި އިލެކްޝަންތައް މާތްاللهގެ ހެޔޮ ރަހުމަތުން ކާމިޔާބު ކޮށްފައި ވަނީ މި ޕާޓީގެ ކެންޑިޑޭޓުންނެވެ. ރިޔާސީ އިންތިހާބުގެ ކާމިޔާބަށް ފަހު ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ގައި ވެސް ސުޕަ މެޖޯރިޓީ ހޯދީ މި ޕާޓީ އިންނެވެ.
މިއަދު އޮތް ބައި އިލެކްޝަންގައި މި ޕާޓީއިން ކުރިމަތިލެއްވި ކެންޑިޑޭޓުންނަށް ވޯޓުދެއްވި ހުރިހާ ދިވެހި ލޮބުވެތި ރައްޔިތުންނަށް މި ޕާޓީގެ ނަމުގައި ޝުކުރުދަންނަވަމެވެ