Article Image

ޕީއެންސީގެ އިސްޓީމުތަކެއް ހުރިހާ ރަށަކަށް ދަތުރުކުރަން ނިންމަވައިފި

ޝެއަރ ކުރުމަށް

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ އިސްވެރިންގެ މައްޗަށް އެކުލެވޭ ޓީމުތަކެއް ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކުރައްވަން ޕާޓީގެ އިންތިޒާމު ކޮމިޓީން ނިންމަވައިފިއެވެ.

ޕާޓީގެ ލީޑާޝިޕުގައި ހިމެނިވަޑައިގަންނަވާ ޕާޓީގެ ނައިބުރައީސް އަދި ޕާލިމަންްޓްރީ ގުރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރ ބާރަށު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިބްރާހީމް ޝުޖާއުއާއި ޕާޓީގެ ނައިބުރައީސް އާދަމް ޝަރީފު އުމަރާއި ޕާޓީގެ ޕާލިމަންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ކޮމިޓީގައި ހިމެނިވަޑައިގަންނަވައެވެ.

އެބޭފުޅުންގެ އިތުރަށް ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހާއި ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރުވެސް މި ކޮމިޓީގައި ހިމެނިވަޑައިގަންނަވައެވެ.

ޕީއެންސީން އަންނަނީ އަންނަ އޮކްޓޯބަރު މަހުގައި އެ ޕާޓީގެ ކޮންގްރެސް ބޭއްވުމަށް ތައްޔާރުވަމުންނެވެ. ޕާޓީގެ އިސްވެރިންގެ ޓީމުތަކުން ރާއްޖޭގެ ހުރިހާ ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ބޭނުމަކީ ރަށްރަށުގައި ތިއްބެވި ޕާޓީގެ މެންބަރުންނާ ބައްދަލުކުރައްވައި ޕާޓީގެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމެވެ.

ކޮންގްރެސް ޕާޓީގެ މަތީ މަޖިލިސް ބޭއްވުމަށް ތައްޔާރުވުމުގެ ގޮތުން ރަށްރަށުގައި ޕާޓީގެ ސްޓިއަރިން ކޮމިޓީތައް އަލުން އެކުލަވައިލައި، ޕާޓީގެ ގޮފިތަކުގެ ރައީސުން އިންތިހާބުކުރުމުގެ މަސައްކަތް ހަލުއި ދުވެލީގައި ކުރިއަށްދެއެވެ.