Article Image

ކައުންސިލު އިންތިހާބުގައި އއ.ހިމަންދޫން ޕީއެންސީއަށް ލިބުނު ކާމިޔާބު އިހުތިފާލުކުރުން މާދަން ރޭ

ޝެއަރ ކުރުމަށް

އޭޕްރީލު މަހުގެ ހަތަރުވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި އއ.ހިމަންދޫއިން ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއަށް ލިބުނު ކާމިޔާބު އިހުތިފާލުކުރުމަށް ހާއްސަ ޖަލްސާއެއް މާދަން ރޭ ބޭއްވުމަށް ނިންމައިފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ އޮންނަ މި ހަފުލާއަކީ ހިމަންދޫގެ ޕީއެންސީ މެންބަރުން އިންތިޒާމުކުރައްވައިގެން ބާއްވަވާ ހަފުލާއެކެވެ.

މި ހަފުލާ އޮންނާނީ އާޓިފިޝަލް ބީޗު ކުރިމަތީގައި ހުންނަ ޕީއެންސީގެ ހަރުގޭގައެވެ. ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 8:30 ގައެވެ.

ކައުންސިލު އިންތިހާބުގައި ހިމަންދޫ ކައުންސިލުގެ ހުރިހާ ގޮނޑިއެއް ކާމިޔާބުކުރެއްވީ ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި ކެންޑިޑޭޓުންނެވެ. އަދި އެ ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ހުރިހާ ގޮނޑިއެއްވެސް ޕީއެންސީގެ ކެންޑިޑޭޓުން ކާމިޔާބުކުރައްވާފައިވެއެވެ.