Article Image

ޕާޓީގެ ލީޑާޝިޕުން ސްޓިއަރިން ކޮމިޓީތަކާ ބައްދަލުކުރައްވައި މުހިއްމު މަޝްވަރާތަކެއް ކުރައްވައިފި

ޝެއަރ ކުރުމަށް

ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ލީޑަރުން އެ ޕާޓީގެ އެކި ދާއިރާތަކުގެ ސްޓިއަރިން ކޮމިޓީތަކުގެ މެންބަރުންނާ ބައްދަލުކުރައްވައި ޕާޓީގެ މުސްތަގުބަލާ ގުޅޭ ގޮތުން މުހިއްމު މަޝްވަރާތަކެއް ކުރިއަށްގެންދަވަައިފިއެވެ.

ރޭ އޮންލައިންކޮށް ކުރިއަށްގެންދިޔަ މިބައްދަލުވުމުގައި ރާއްޖޭގެ އެކި ރަށްރަށުގެ ސްޓިއަރިން ކޮމިޓީތަކުގެ މެންބަރުން ބައިވެރިވެވަޑައިގަތެވެ،. 1،000 އަށްވުރެ ގިނަ ބޭފުޅުން ބައިވެރިވެވަޑައިގަތް މި ބައްދަލުވުމުގައި ޕާޓީގެ ހަރަކާތްތައް އިންތިޒާމުކުރުމާމެދު މުހިއްމު މަޝްވަރާތަކެއް ކުރެވުނެވެ.

އެގޮތުން 2028 ވަނަ އަހަރު އޮޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ޕާޓީގެ މަސައްކަތްތައް ތަރުތީބުކުރުމާއި، ޕާޓީގެ ދަތުރުތައް ފެށުމާއި، ރަށްރަށުގައި ޕާޓީގެ ހަރަކާތްތައް އިތުރުކުރުމާ ގުޅޭ ގޮތުން ލީޑާޝިޕުގެ ބޭފުޅުންނާއި ސްޓިއަރިން ކޮމިޓީތަކުގެ މެންބަރުން މަޝްވަރާކުރެއްވިއެވެ.

އޭގެ އިތުރަށް ޕާޓީގެ ހިންގުން ހަރުދަނާކުރުމަށް ކުރައްވަންޖެހިވަޑައިގަންނަވާ ކަންކަމާމެދު ޕާޓީގެ ލީޑަރޝިޕުން ސްޓިއަރިން ކޮމިޓީތަކުގެ މެންބަރުންގެ ހިޔާލު ހޯއްދެވިއެވެ. އަދި ޕާޓީގެ ހަރަަކާތްތައް އިތުރުކުރުމަށްޓަކައި ކުރެވޭނެ ކަންކަމާމެދު މަޝްވަރާކުރައްވާފައިވެއެވެ.