Article Image

ހިތަދޫ އުުތުރު ބައި-އިލެކްޝަނުގައި ޕީއެންސީގެ ކެންޑިޑޭޓު ސައީދުގެ ކެންޑިޑޭޓު ނަންބަރަކީ އެކެއް

ޝެއަރ ކުރުމަށް

ކުރިއަށް އޮތް ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު، މޫލެކެޑެ ދާއިރާގެ މިހާރުގެ ކައުންސިލަރު އަހްމަދު ސައީދުގެ ކެންޑިޑޭޓު ނަންބަރަކީ އެކެކެވެ.

އިލެކްޝަންްސް ކޮމިޝަނުންވަނީ މިއަދު އެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންބަރު ތަރުތީބުކުރުމުގެ ގުރުއަތު ނަގައިފައެވެ. އެގުރުއަތުގައި ސައީދަށް ކެންޑިޑޭޓު ނަންބަރުގެ ގޮތުގައި ލިބިވަޑައިގެންފައިވަނީ އެއް ނަންބަރެވެ.

މި އިންތިހާބުގެ ވޯޓުލުން އޮންނާނީ އަންނަ ޖޫން މަހުގެ ހަވަނަ ދުވަހުއެވެ.