Article Image

ކޮންގްރެސް ޕާޓީގެ ތަރުޖަމާނުކަމަށް އަލްއުސްތާޛު ފިރުޒުލް

ޝެއަރ ކުރުމަށް

ކޮންގްރެސް ޕާޓީގެ ތަރުޖަމާނުގެ މަޤާމަށް އަލްއުސްތާޛު މުޙައްމަދު ފިރުޒުލް ހަމަޖައްސަވައިފިއެވެ.

އަލްއަޒްހަރު ޔުނިވަސިޓީން އިސްލާމީ ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން ފުރަތަމަ ޑިގުރީ ހާސިލުކުރައްވާފައިވާ ފިރުޒުލަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެ މަޤާމަށް އިންތިޚާބުވެވަޑައިގަތުމަށްފަހު، އިންތިޚާބީ ރައީސްގެ ތަރުޖަމާނުގެ ހައިސިއްޔަތުން މަސައްކަތްކުރެއްވި ބޭފުޅާއެވެ.

އަދި މި އަހަރުގެ އޭޕްރީލު މަހުގެ ހަތަރުވަނަ ދުވަހު ކުރިއަށްގެންދިޔަ ލޯކަލް ކައުންސިލު އިންތިޚާބުގައި ޕީއެންސީގެ ތަރުޖަމާނެއްގެ މަޤާމުވެސް އަދާކުރެއްވީ ފިރުޒުލެވެ.

ފިރުޒުލް ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީގެ މަޤާމުގައެވެ.