Article Image

ރައީސް ކުރައްވަނީ ގައުމީ، ދީނީ އަދި އަހުލާގީ މަސައްކަތްޕުޅެއް: ކެންދޫގެ އިންތިހާބީ ރައީސްް ޝާން

ޝެއަރ ކުރުމަށް

ނިމުނު ލޯކަލް ކަައުންސިލު އިންތިހާބުގައި ބ.ކެންދޫ ކައުންސިލުގެ ހުރިހާ ގޮނޑިއެއް ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީއަށް ކާމިޔާބުވުމަކީ މިހާތަނަށް ކެންދޫގެ ސިޔާސީ ހަޔާތުގައި އައި އެންމެ ބޮޑު ބަދަލުކަމަށާއި އެ ބަދަލުގެ މޭސްތެރިޔަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކަމުގައި އެ ރަށުގެ ކައުންސިލުގެ އިންތިހާބީ ރައީސް އަޙްމަދު ޝާނު ވިދާޅުވެއްޖެއެވެ. 

ޝާނު މިފަދައިން ވިދާޅުވީ ނިމުނު ކައުންސިލު އިންތިހާބުގައި ޕީއެންސީއަށް ލިބުނު ކާމިޔާބު ފާހަގަކުރުމަށް ބާއްވަމުންދާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން އެ އިންތިހާބުގައި ޕީއެންސީއަށް ކެންދޫން ލިބުނު ކާމިޔާބު ފާހަގަކުރުމަށް މިރޭ އެ ޕާޓީގެ ހަރުގޭގައި ބޭއްވި ޖަލްސަގއި ވާހަކަދައްކަވަމުންނެވެ. 

ޝާނު ވިދާޅުވީ އެތައް ޒަމާނެއް ވަންދެން އެއް ޕާޓީއެއްގެ ފިކުރުގައި ބަދެވިފައި އޮތް އޮތުން ނިމުމަކަށް ގެނެސް ކެންދޫ ރައްޔިތުން މިއަދު ޕީއެންސީއާ ލާމެހި އައު އުންމީދެއްގައި އެ ޕާޓީއާ އަަތުގުޅައިލާފައިވާ ކަމަށެވެ. އަދި ކެންދޫ ރައްޔިތުންނަށް އައްސަރަބިހާއި ސާބަސް ދެއްވުމާއެކު އެ ރައްޔިތުން އޭނާއާއި އޭނާގެ ޓީމަށް ކުރެއްވި އިތުބާރު ދަމަހައްޓަވާނެ ކަމުގެ ޔަގީންކަން ޝާނު ދެއްވިއެވެ.

މި ބަދަލު ކެންދޫއަށް ގެންނެވުމުގެ މޭސްތެރިޔަކީ ރައީސްް ޑރ.މުއިއްޒުކަން ފާހަގަކުރައްވައި އެމަނިކުފާނުގެ ސިޔާސަތުތަކާމެދު ޝާނު އަދި އެ ރަށުގެ ރައްޔިތުންވެސް ފަހުރުވެރިވާކަމަށް ވިދާޅުވިއެވެ. އަދި ރައީސްގެ ސިޔާސަތުތަކުގައި ހިފަހައްޓަަވައިގެން ކުރިއަށްވަޑައިގަތުމަށް ހިތްވަރުދެއްވިއެވެ. 

" އިންގިލާބީ ބަދަލުގެ މޭސްތެރިޔަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުކަމާމެދު ޝައްކެއް ނެތް. ރައީސްގެ ހަރުދަނާ ސިޔާސަތުތަކަށް އަަޅުގަނޑާއި ކެންދޫގެ ރައްޔިތުން ފަހުރުވެރިވަން، ލޮބުވެތި ރައީސް ފުކެއްވެސް ދޫނުކުރައްވަައ ކުރިއަށްވަޑައިގަންނަވާ، ތިޔަކުރައްވަނީ ގައުމީ ދީނީ އަހުލާގީ މަސައްކަތްޕުޅުތަކެއް،" ޝާނު ވިދާޅުވިއެވެ. 

ޕީއެންސީއަކީ އެންމެ ޅަފަތުގައި އެންމެ ބޮޑެތި ކާމިޔާބުތައް ހޯދި ޕާޓީކަމާއި، މިހާރު ރާއްޖޭގައި އޮެތް އެންމެ މެންބަރުން ގިނަ ޕާޓީއަކީވެސް ޕީއެންސީކަން ފާހަގަކުރައްވަމުން ޝާނު ވިދާޅުވީ ރަށުގެ ސިޔާސީ ކުލަ ބަދަލުވުމަކުން ނުފުދޭ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ކޮންމެ ސިޔާސީ ބަދަލެއްގެ ނަތީޖާއަކަށްވާންވާނީ ރައްޔިތުންނަށް ހެވާއި ލާބަ ލިބުމާއެކު ގައުމުގެ އިޖުތިމާއީ ފޭރާން ރަނގަޅު ހެޔޮ ގޮތުގައި ބައްޓަންވުމެވެ.