Article Image

މަންދޫ ކައުންސިލުގެ އިންތިހާބީ މެމްބަރު ޝަހީމާ ޕީއެންސީއަށް

ޝެއަރ ކުރުމަށް

އދ. މަންދޫ ކައުންސިލުގެ އިންތިހާބީ އަންހެން މެމްބަރު ޝަހީމާ ޝިހާބު ކޮންގްރެސް ޕާޓީއަށް ސޮއިކުރައްވައިފި އެވެ.

ޝަހީމާ ކޮންގްރެސް ޕާޓީއަށް ސޮއިކޮށްފައިވަނީ މިއަދު ބޭއްވި އެ ޕާޓީގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ނެވެ.

ޝަހީމާގެ ފޯމާ ކޮންގްރެސް ޕާޓީގެ ފަރާތުން ހަވާލުވެލެއްވީ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު އެވެ.

ފަލާހު ވަނީ ރަށާއި ރައްޔިތުންގެ ހައްގުގައި ޝަހީމާ ނިންމެވި ނިންމެވުމަށް ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނަންފުޅުގައްޔާއި ޕާޓީގެ ނަމުގައި ޝަހީމާއަށް މަރުހަބާ ދަންނަވާފަ އެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޝަހީމާ ވިދާޅުވީ ކޮންގްރެސް ޕާޓީއަށް ސޮއިކުރީ ސަރުކާރާ ގުޅުގެން މަންދުއަށް ތަރައްގީ ހޯދައިދިނުމުގެ މަގުސަދުގައި ކަމަށެވެ.

މަންދޫ ކައުންސިލުން އަންހެނުންނަށް ކަނޑައަޅާފައިވާ ގޮޑި ޝަހީމާ ކާމިޔާބުކުރެއްވީ 150 ވޯޓާ އެކުގަ އެވެ.