Article Image

މަަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ޕީއެންސީން ވާދަކުރައްވާނީ ސައީދު

ޝެއަރ ކުރުމަށް

ޕީޕަލްސް ނޭޝަނަލް ކޮންގްެރެސްގެ ފަރާތުން ކުރިއަށްް އޮތް އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ވާދަކުރައްވާނެ ކެންޑިޑޭޓަކީ ހިތަދޫ މޫލެކެޑެ ދާއިރާގެ މިހާރުގެ ކައުންސިލަރު އަހްމަދު ސައީދުކަން އެ ޕާޓީން އިއުލާނުކޮށްފިއެވެ.

މިއަދު ޕާޓީގެ ހަރުގޭގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޕާޓީގެ ލީޑާޝިޕުގެ ފަރާތުންވަނީ ޕާޓީގެ ޓިކެޓު ސައީދަށް ދީފައިވާކަން އިއުލާނުކުރައްވާފައެވެ. ޕާޓީގެ ޓިކެޓު ސައީދަށް އެެރުވުމަށް އެ ޕާޓީން ނިންމީ ޕާޓީގެ ފަރާތުން އެ އިންތިހާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބޭއްވި އެތެރޭގެ އިންތިހާބު ކާމިޔާބުކުރެއްވި މުހައްމަދު ސިނާނު ޓިކެޓު ދޫކޮށްލެއްވުމުންނެވެ.

ސިނާނު މީސްމީޑިޔާގައި އާއްމުކުރެއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ ޓިކެޓު ދޫކޮށްލެއްވުމަށް ނިންމެވީ ޕާޓީގެ އާއްމު މެންބަރުންނާއި ދާއިރާގެ ރައްޔިތުންނާ މަޝްވަރާކުރެއްވުމަށްފަހު ޕާޓީއަށް އިންތިހާބު ކާމިޔާބުކުރަން އެންމެ ފަސޭހަވާނީ އޭނާ ފަހަތަށް ޖެހިވަޑައިގަތުމުންކަމަށް ގަބޫލުކުރެއްވޭތީ ކަމަށެވެ.

ޕާޓީގެ ފަރާތުން އެ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާ ކޮންމެ ބޭފުޅަކަށްވެސް ތާއީދުކުރައްވައި ޕާޓީއަށް އިންތިހާބު ކާމިޔާބުކޮށްދެއްވުމަށް ކުރެއްވެން އޮތް ހުރިހާ މަސައްކަތްޕުޅެއް ކުރައްވާނެ ކަމުގެ ޔަގީންކަން ސިނާނުވަނީ ދެއްވާފައެވެ.