Article Image

ޕްރައިމަރީ ކާމިޔާބުކުރައްވައި ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޕީއެންސީން ވާދަކުރައްވާނީ ސިނާނު

ޝެއަރ ކުރުމަށް

ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ފަރާތުން އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނުގައި ވާދަކުރައްވާނެ ކެންޑިޑޭޓު ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީ ކާމިޔާބުކުރައްވައި ޕާޓީގެ ޓިކެޓު އެ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުޙައްމަދު ސިނާން ކަށަވަރުކުރައްވައިފިއެވެ.

އިއްޔެ މާލެއާއި އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގައި ކުރިއަށްގެންދިޔަ ޕްރައިމަރީގައި 727 މެންބަރުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، އިންތިހާބުގައި ވޯޓުލާފައިވަނީ 422 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 58 އިންސައްތަ މީހުންނެވެ.

ވޯޓުގެ ނަތީޖާ:

ހިތަދޫ އުތުރު ދާއިރާގެ މާލޭ ފޮށީގެ ނަތީޖާ:

މުޙައްމަދު ސިނާން - 59 ވޯޓު

އަހްމަދު ސައީދު - 37 ވޯޓު

ބާތިލު ވޯޓު - 7

ޖުމްލަ ވޯޓު - 103

ހިތަދޫ އުތުރު ދާއިރާގެ އައްޑޫ ފޮށީގެ ނަތީޖާ:

މުޙައްމަދު ސިނާން - 167 ވޯޓު

އަހްމަދު ސައީދު - 150 ވޯޓު

ބާތިލު ވޯޓު - 2

ޖުމްލަ ވޯޓު - 319

ޕްރައިމަރީއަށް ބެހެއްޓި ދެ ވޯޓުފޮށީގެ ނަތީޖާ ދައްކާ ގޮތުން، ޕްރައިމަރީގެ ނަތީޖާ ދައްކާގޮތުން ސިނާނަށް ލިބިވަޑައިގެންނެވީ 226 ވޯޓެވެ. ސިނާނާ ވާދަކުރެއްވި ހިތަދޫ މޫލެކެޑެ ދާއިރާގެ މިހާރުގެ ކައުންސިލަރު އަހްމަދު ސައީދަށް ލިބިވަޑައިގަތީ 187 ވޯޓެވެ.