Article Image

އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޕްރައިމަރީ ކާމިޔާބުކަމާއެކު ކުރިއަށްގެންގޮސްފި

ޝެއަރ ކުރުމަށް

އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ރަޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނުގައި ޕީޕަލްސް ނޭޝަނަލް ކޮންގްެރެސްގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓު ކަނޑައެޅުމުގެ ޕްރައިމަރީ ކާމިޔާބުކަމާއެކު ބާއްވައި ނިންމައިފިއެވެ.

އޭޕްރީލު، 25، 2026 ވަނަ ދުވަހު ކުރިއަށްގެންދިޔަ ޕްރައިމަރީގައި 727 މެންބަރުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، އިންތިހާބުގައި ޖުމްލަ 422 މެންބަރުންވަނީ ވޯޓުލާފައެވެ. އެހެންކަމުން އިއްޔެގެ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 58 އިންސައްތަ މީހުން ވޯޓުލާފައިވެއެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ކަންކަން ކުރިއަށްގެންގޮސްފައިވަނީ ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ. މި ޕްރައިމަރީގެ ވޯޓުލުމަށް މާލެއާއި ހިތަދޫ އުތުރު ދާއިރާގައި ފޮށިތައް ބެހެއްޓިއެވެ.