އޯގާތެރި މުޖްތަމަޢު
އިޖްތިމާއީ ދާއިރާތަކަށް މިހާރު ދައުލަތުގެ ބަޖެޓުން އަހަރަކު އެކަށައެޅޭ މިންވަރު، ތިން ގުނައަށް އިތުރުކުރުން.
އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިންނަށް، ދަރިންގެ ތަރުބިއްޔަތަށްޓަކައި މިހާރު ދެވޭ މިންވަރު، ޖުމްލަ 12,000 ރުފިޔާއާ ހަމައަށް، ކޮންމެ ދަރިއަކަށް މަހަކު 3000 ރުފިޔާއަށް އިތުރުކުރުން.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަ ކުރެވިގެން އެންމެ ޒަމާނީ ފެންވަރުގެ ޚިދްމަތްތަކާއި ފަރުވާ ހިމެނޭގޮތަށް މަރުކަޒެއް ޤާއިމުކުރުން.
ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ، ޒަމާނީ ފެންވަރުގެ، މެންޓަލްހެލްތް ހޮސްޕިޓަލެއް ޤާއިމުކުރުން.
ރާއްޖޭގެ އުތުރާއި ދެކުނުގައި އަދި މެދު ރާއްޖެތެރޭގައި، އިސް ރަށްވެހިންގެ ހިތްހަމަޖެހުމާއި އުފާވެރިކަން ޔަޤީންކުރުމަށްޓަކައި ކަނޑައެޅޭ ތަފާތު ޚިދްމަތްތަކެއް ހިމެނޭގޮތަށް މަރުކަޒުތަކެއް ޤާއިމުކުރުން.
ކޮންމެ ކުއްޖަކަށް އާއިލާއެއް – ކޮންމެ ކުއްޖަކީވެސް އާއިލީ ވެށްޓެއްގެ ޙިމާޔަތާއި ލޯތްބާއެކު ބޮޑުވުމުގެ ފުރުޞަތު ލިބިފައިވާ ކުއްޖެއްކަން ޔަޤީންކުރުން.
ޚާއްޞަ އެހީއަށް ބޭނުންވާ، ވަޒީފާ އަދާކުރަން ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް، ދައުލަތުގެ ތެރެއިން ވަޒީފާ ޔަޤީންކޮށްދިނުން.
ކުށުގެ ވެއްޓަށް އަލަށް ވަދެވޭ ކުޑަ ކުދީންނާއި ޒުވާނުން މުޖުތަމައަށް އަނބުރާ އަހުލުވެރި ކުރުމަށްޓަކައި، ބޮޑެތި ޖަލު ހުކުމްތައް ކުރުމާއި ހަރުކަށި އަދަބުތައް ދިނުމުގެ ބަދަލުގައި، އިޖުތިމާޢީ ޚިދުމަތުގެ ޚާއްޞަވެއްޓަކާއި އިންތިޒާމުތަކެއްގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދީ، ބިނާކުރަނިވި ފަރުދުންގެ ގޮތުގައި މުޖުތަމައަށް އަލުން ނުކުމެވޭނެފަދަ ހަރުދަނާ ސިޔާސަތުތަކެއް އަދި އިންތިޒާމުތަކެއް ޤާއިމުކުރުން.
ސްޓޫޑަންޓްސް ވިތް ކޮމްޕްލެކްސް ލާރނިންގް ޕްރޮފައިލްސް (އެސް.ސީ.އެލް.ޕީ) އަށް އަމާޒުކޮށްގެން އިތުރު ވަޞީލަތްތައް އެކަށައެޅުމާއި ފުޅާ ޚިދުމަތްތަކެއް ދިނުން، އަދި ސެން ޓީޗަރުންނަކީ އެކުދިންނަށް
ދައުލަތުގެ ރައްކާތެރިކަމުގެ ވިއުގައިގެތެރޭޣައި ތިބޭ ކުޑަކުދިންނާއި ޔަތީމް އަދި މިސްކީނު ކުދިން ބަލަހައްޓާ ތަރުބިއްޔަތުކުރާ ރަނގަޅު ފެންވަރުގެ މަރުކަޒުތަކެއް ޤާއިމުކުރުމާއި، އެފަދަ މަރުކަޒުތަކުގައި ޚިދުމަތްކުރާނެ ތަމްރީނު ލިބިފައިވާ ފަރާތްތަކުގެ އަދަދު ބޮޑުތަނުން އިތުރުކުރުން.
ޢާއިލާއާބެހޭ ޤާނޫނުގެ ދަށުން ޚަރަދު ދިނުމަށް ކުރެވޭ ޙުކުމްތައް ތަންފީޒުވުމުގައި ހުރި ދަތިތަކަށް ފުރިހަމަ ޙައްލެއް ހޯދުމަށްޓަކައި އެޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނެސް، ޚަރަދު ދިނުމުގައި ޙުކުމާ އެއްގޮތަށް ކަން ނުކުރާ ފަރާތްތަކަށް ބޮޑެތި ޖަލު ޙުކުމާ ހަމައަށް އަދަބު އިތުރުކޮށް، ޙަރަދު ހޯދަން ބައެއް ފަރާތްތަކުން މިހާރު އުފުލަމުންދާ ބުރައަށް ދާއިމީ ޙައްލެއް ހޯދައިދިނުން.
އިޖްތިމާއީ ރައްކާތެރިކަމުގެ ވިއުގައިގެ ތެރެއިން ލިބޭ ހުރިހާ އެހީތެރިކަމެއް އަދި އިނާޔަތަކުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މަހުރޫމުވިއަނުދިނުން.
ޖަމާއަތުގެ އިޖްތިމާއީ ދުޅަހެޔޮކަމާއި މަސަލަސްކަން ކަށަވަރުކުރުމަށް، ރަށުފެންވަރުގައި ހަރަކާތްތެރިވާ ހުރިހާ މުޢައްސަސާތަކެއްގެ މެދުގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރެވިގެން، ޙައްލުތައް ހޯދޭނެ ނިޒާމެއް ޤާއިމުކުރުމާއި، ކައުންސިލްތަކުގެ ޒިންމާގެ ތެރޭގައި އިޖްތިމާއީ ރައްކާތެރިކަން ހިމެނިފައިވާއިރު، އެޒިންމާ ފުރިހަމައަށް އަދާކުރުމަށް ކައުންސިލްތަކަށް ބޭނުންވާ އެހީތެރިކަން ލިބޭނެ މަގު ތަނަވަސްކޮށްދިނުން.
ނަފްސާނީ ދުޅަހެޔޮކަމާބެހޭ ޤާނޫނެއް އެކުލަވާލުން.
އަންހެނުންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށް އަދި އެފަދަ އަނިޔާ ލިބޭ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަމާއި، އޯގާތެރިކަމާ، ރައްކާތެރިކަމާ، އިންސާފު ކަށަވަރު ކުރުމަށް ހާއްސަ ޤައުމީ މަރުކަޒެއް ޤާއިމުކުރުން.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކުރެވިފައިވާ ދައުލަތުގެ ބެލެހެއްޓުމުގައި ކުދިންނަށް ޚިދުމަތްދޭ އަމާންހިޔާތަކުގެ ފެންވަރު ރަނގަޅުކޮށް، ޚިދްމަތް ފުޅާކޮށް، އެތަންތަނުގެ ހިންގުން ހަރުދަނާކުރުން.
ނަފްސާނީގޮތުން ދުޅަހެޔޮ މުޖްތަމައެއް ބިނާކުރުމަށް 24 ގަޑިއިރު ޚިދްމަތްލިބޭނެ ނަފްސާނީ ކަންކަމާމެދު މަޝްވަރާ ކުރެވޭނެ އަދި އެހީ ހޯދޭނެ ޚާއްޞަ ހެލްޕްލައިނެއް ޤާއިމުކުރުމާއި، ޤައުމީ ފެންވަރުގައި ޞިއްޙީ ނިޒާމުގެ ތެރެއިން ނަފްސާނީ ބަލިތަކަށް ފަރުވާއާއި އެހީތެރިކަން ދެވޭ މިންވަރު ބޮޑުތަނުން އިތުރުކޮށް، ޚިދުމަތް ބޭނުންވާ ފަރާތްތަކަށް މަޑުކުރަންޖެހޭ މުއްދަތު ބޮޑުތަނުން ކުޑަކުރުމާއެކު، ސައިކޮލޮޖިސްޓުންނާއި، ސައިކިއެޓްރިސްޓުންނާ، ކައުންސިލަރުންނާ، ތެރަޕިސްޓުންނާ، ސޯޝަލް ވާރކަރުންގެ އެހީތެރިކަން ހޯދަން ފަސޭހަ ނިޒާމެއް ޤާއިމުކުރުން.
މިޒާޖު ހުރިގޮތުން ކުށުގެ ވެއްޓަށް ވަނުމުގެ ފުރުޞަތު ބޮޑު ކުޑަކުދިންނާއި ޒުވާނުން އަވަހަށް ދެނެގަނެ، އެފަދަ ކުދިންނަށް އަދި ޒުވާނުންނަށް ބޭނުންވާ އެހީތެރިކަމާއި އަޅާލުން ދެވޭނެ އިންތިޒާމުތައް ހަމަޖައްސައި، މުޖުތަމައުގައި ޤާނޫނަށް ބޯލަބައި ބިނާކުރަނިވި ރައްޔިތުންގެ ގޮތުގައި ކުރިއަށް ދެވޭނެ ފުރުޞަތު ތަނަވަސް ކޮށްދިނުމަށް ޤައުމީ ވިއުގައެއް ޤާއިމުކުރުން.