ދުސްތޫރީ، ޤާނޫނީ އަދި ޝަރުޢީ އިޞްލާޙު

ފުރިހަމަ ބެއިލްގެ ގާނޫނެއް ތަޢާރަފްކުރުމާއެކު، ކޮންމެ މީހަކަށްވެސް ތުހުމަތުކުރެވޭ މަރްޙަލާގައާއި، ޙުކުމް އިސްތިއުނާފުކުރާ މަރްޙަލާތަކުގައި ބެއިލް ލިބޭނެގޮތް ހެދުމާ، ބެއިލް ބަހައްޓާނެ ފަރާތާއި، ބެއިލްގެ މިންވަރު ލިބޭނެގޮތް ހަމަޖެއްސުން.

ދައުލަތުން ޙައްގުނޫންގޮތުގައި ހައްޔަރުކޮށް އަދަބުދޭ ފަރާތްތަކަށް ކޮމްޕެންޒޭޝަން ލިބޭނެ ގޮތްތަކާއި ޢުޞޫލުތައް ކަނޑައެޅުމަށްޓަކައި، ކްރިމިނަލް ކޮމްޕަންސޭޝަން ޤާނޫނެއް ތަޢާރަފުކުރުން.

ސްމޯލް ކްލެއިމްސް ކޯޓެއް ޤާއިމުކުރުން.

މަދަނީ މައްސަލަތަކުގައި އަވަސް އިންސާފު ހޯދައިދިނުމަށް އަދި އިންސާފު ލިބުމަށް ހުރި ހުރަސްތައް ނައްތާލުމަށް، މަދަނީ އިޖްރާއަތުގެ ޤާނޫނު އިޞްލާޙުކުރުން.

ޑްރަގްކޯޓްގެ ނިޒާމު ޒަމާނާއެއްގޮތަށް ހަރުދަނާކުރުމާއެކު މަސްތުވާތަކެއްޗާބެހޭ ޤާނޫނު އިޞްލާޙުކޮށް، މުޖްތަމައުގެ ރައްކާތެރިކަމާއި ދުޅަހެޔޮކަމަށް އިތުރު ބާރެއް އެޅުން.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައެޅުމާއި، މެންބަރުންގެ މިހާރަށްވުރެ މަތިކުރުމާ، ޖުޑިޝަލް ސާރވިސް ކޮމިޝަން އެކުލެވިގެންވާގޮތް އިޞްލާޙުކޮށް އެމުޢައްސަސާ މެދުވެރިކޮށް ޝަރުއީ ދާއިރާއަށް ނުފޫޒުފޯރުވުމުގެ މަގު ބަންދުކުރުމާ، ޤައުމަށް ޢައްދާރުވުމުގެ ކުށް ތަފްޞީލުކޮށް ހިމެނުމަށްޓަކައި، ޤާނޫނު އަސާސީ އިޞްލާޙުކުރުމަށް މަސައްކަތްކުރުން.

ޤައުމަށް ޢައްދާރުވުން ނުވަތަ ހައި ޓްރީޒަންގެ ކުށާއި އޭގެ އަދަބު ބަޔާންކުރާ ޤާނޫނެއް ތަޢާރަފުކުރުން.

ފުލުހުންގެ މުވައްސަސާއަކީ މިނިވަން، އިންސާފުވެރި އަދި މުޖްތަމަޢުގެ ރައްކާތެރިކަން ކަށަވަރުކުރެވޭ ތަނަކަށް ހެދުމަށްޓަކައި، ފުލުހުންގެ ޤާނޫނު އިޞްލާޙު ކުރުން.

މުޢައްސަސާގައި އިތުރު ޒަމާނީ ޚިދުމަތްތައް ތަޢާރަފުކުރުމާއި، ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާ، ސިފައިންގެ ތެރެއިން ކޯޓްމާރޝަލް ކުރުމުގެ ހަމަތަކާއި ޢުޞޫލުތައް ކަނޑައެޅުމަށްޓަކައި، ސިފައިންގެ ޤާނޫނު އިޞްލާޙުކުރުން.

ވަކިބާވަތެއްގެ ކްރިމިނަލް ކޮމްޕްލެއިންޓްސް، އަމިއްލަ ފަރުދުންނަށް މެޖިސްޓްރޭޓަށް ސީދާ ހުށަހެޅޭގޮތް ހެދުން.

އަތޮޅުތެރޭގައި އަދި ރަށުފެންވަރުގައި ރައްޔިތުން އިންސާފަށް ވާޞިލުވުމަށް ހުރި ހުރަސްތައް ނައްތާލެވޭގޮތަށް ކޯޓުތަކުގެ ކަންކަމާއި އަދި ނިޒާމު ބަދަލުކުރުން.

ޤާނޫނު އަސާސީގެ މަޤްޞަދެއްކަމަށްވާ، ވީއެންމެ އަވަހަކަށް ދަޢުވާކުރުން ފަހިކުރުމުގެ ގޮތުން، 24 ގަޑިއިރުގެ ތެރޭގައި ނުވަތަ ލަސްވެގެން 48 އިރުގެ ތެރޭގައި ދަޢުވާ ކުރެވޭނެގޮތަށް ފުލުހުންގެ މަސައްކަތް އިންތިޒާމުކޮށް، ފަރުދުން 'ވާނުވާގައި' ހައްޔަރުކޮށް ކަސްޓާޑީގައި ބޭތިއްބުން ނިމުމަކަށް ގެނައުން.

ފުލުހުންގެ 'އިންޓެލިޖެންސް' ކަމަށް ބުނެ ހައްޔަރުކުރަން ހުށަހަޅާ ޙާލަތުގައި ފުލުހުންނަށް ހީވާހީތަކާއި، ފުލުހުން ސާބިތު އަދި ހާމަ ހެތްކާއިނުލާ ހުށަހަޅާ ތަކެތީގެ މައްޗަށް ބިނާކޮށް، މުއްދަތު ޖެހުން ނިމުމަކަށް ގެނައުން.

އެއްވެއުޅުމުގެ ޙައްޤަކީ އަސާސީ ޙައްޤެއްގެ ގޮތުގައި ބެލުމާއި، ކުރިއަރާފައިވާ ޤައުމުތަކުގެ މިންގަނޑުތަކަށް ރިއާޔަތްކުރުމާއެކު އިސްލާމީ ޝަރީޢަތާ ޚިލާފުނުވާގޮތަށް، އެއްވެއުޅުމަށް އޮތް ޙައްޤު ފުޅާކުރުން.

ކުދި ކުށްތަކުގައި ޖެހޭ ކުށުގެ ރިކޯޑުގެ ސަބަބުން ވަޒީފާ ލިބުމަށް ހުރަސްއެޅެމުންދާދިއުން ނިމުމަކަށްގެނައުން.