ދަނޑުވެރިކަމާއި ކާބޯތަކެތި

ރާއްޖޭގައި ހައްދާ ބާވަތްތައް މާކެޓްކޮށް، ގަނެ ވިއްކުމަށް، އަންހެނުންނަށް ޚާއްޞަކުރެވިގެން، ޤައުމީ ނިޒާމެއް ޤާއިމުކުރުން.

ރާއްޖޭގައި ހެދޭ ފާހަގަކުރެވޭ ތަރުކާރީއާއި މޭވާގެ ބާވަތްތަކެއް، ދިވެހި ބާޒާރަށް ފުދޭނެ މިންވަރަށް ހައްދާ، ވިއްކޭނެ ފަސޭހަ އިންތިޒާމުތަކެއް ޤާއިމުކުރުން.

ދިވެހި ކާބޯތަކެތީގެ އުފެއްދުންތައް ރިސޯޓުތަކަށް ވިއްކުމުގައި، ސީދާ ސަރުކާރުގެ ޗެނަލިންގ ނިޒާމެއް ޤާއިމުކުރުމާއެކު، ދިވެހި ދަނޑުވެރިންނަށް އޭގެ ނަފާ އިތުރުކުރުން.

އަސާސީ ކާނާގެ ބާވަތްތައް ރާއްޖެއަށް އިމްޕޯޓުކުރުމުގައި، އެތެރެކޮށް، ތާޒާކަންމަތީ ގުދަންކުރެވޭ މިންވަރު ބޮޑުތަނުން އިތުރުކުރުމާއެކު، އެފަދަ ބާވަތްތަކުގެ އަގު ކުޑަކުރުމަށްޓަކައި ތަފާތު ޤައުމުތަކާއި ސަޕްލަޔަރުން މެދުވެރިކޮށް އިމްޕޯޓުކުރުމުގެ ސިޔާސަތެއް ތަޢާރަފުކުރުން.

ރާއްޖޭގައި ވަރޓިކަލް ފާމިންގ ފުޅާ ދާއިރާއެއްގައި ތަޢާރަފުކުރެވިދާނެތޯ ބެލުމަށް ޕައިލެޓް ޕްރޮޖެކްޓެއް ހިންގުން.