އުމްރާނީ ތަރައްޤީއާއި މަޝްރޫޢުތައް

އައްޑޫ ސިޓީގެ ހުރިހާ އަވަށްތަކާއި ރަށްތައް ކޯޒްވޭއާއި ބްރިޖުން ގުޅާލުން.

ބޮޑެތި ޖަލްސާތަކާއި، އެގްޒިބިޝަންތަކާ، ކޮންސެޓުތައް ބޭއްވޭނެ ތަނަވަސްކަމާއި ފެންވަރުހުރި ބައިނަލްއަޤްވާމީ ކޮންވެންޝަން ސެންޓަރެއް ރާއްޖޭގައި ޤާއިމުކުރުން.

ރާއްޖޭގެ ހުރިހާ ރަށެއްގައި ނަރުދަމާއާއި ފެނުގެ ނިޒާމު ޤާއިމުކޮށް ނިންމުން.

ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކާއި ރިސޯޓެއް އަދި ސިނާއީ ސަރަޙައްދަކުންވިޔަސް އެންމެ ގިނައިރު ވެގެންވެސް 30 މިނެޓުން ފޯރާނެ ދުރުމިނެއްގައި ޑޮމެސްޓިކް އެއާރޕޯޓެއް ޤާއިމުކޮށް، ޤައުމީ ޑޮމެސްޓިކް އެއާރޕޯޓް ވިއުގަ ފުޅާކުރުން.

ހައި ސްޓްރީޓް ފިހާރަތަކާއި މުނިފޫހިފިލުވާ ޚިދްމަތްތައް ހިމެނޭގޮތަށް ފަރުމާކުރެވޭ މޯލްތަކާއި ވިޔަފާރީގެ ސަރަޙައްދުތައް ޤާއިމުކުރުން.

އިންޑޯ ޕިޗުތަކާއި، ކޯޓުތަކާ، ޖިމްތަކާ، ސްޕޯޓްސް ފިޒިއޮތެރަޕީ އަދި ރިހެބިލިޓޭޝަން ކްލިނިކްތަކާ، ރެސްޓޯރަންޓް އަދި ކެފޭތައް ހިމެނޭގޮތަށް، ރާއްޖޭގައި ކުޅޭ މަޤްބޫލު ހުރިހާ ކުޅިވަރުތަކަށް ޚާއްޞަކުރެވޭ ޒަމާނީ ފެންވަރުގެ ކޮމްޕްލެކްސެއް އެޅުން.

ބައިނަލަޤްވާމީ ޞިއްޙީ ޚިދްމަތްދޭ ފަރާތްތަކުގެ ޚާއްޞަ ފަރުވާދޭ ކްލިނިކްތައް ހިމެނޭ 850 އެނދުގެ މަލްޓިޑިސިޕްލިނަރީ ޞިއްޙީ ޚިދުމަތްދޭ ސަރަޙައްދީ ފެންވަރުގެ މަރުކަޒެއްގެ ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލްގެ ދެވަނަ ފިޔަވަހި ތަރައްޤީކޮށް، އެ ހޮސްޕިޓަލް މެދުވެރިކޮށް އުތުރާއި ދެކުނުގައި ޚިދްމަތް ފުޅާކުރުމުގެ ގޮތުން އައްޑޫ ސިޓީ ހިތަދޫގައާއި ކުޅުދުއްފުށި ސިޓީގައި ދެ މަރުކަޒު ޤާއިމުކުރުން.

ފަތުރުވެރިކަން ކުރިއެރުވުމަށް އެޅޭ އިތުރު ބާރެއްގެ ގޮތުގައި، ބައިނަލަޤްވާމީ ކްރޫޒްލައިން ޓާރމިނަލްއެއް ޤާއިމުކުރުން.

ދިވެހިންނާއި ފަތުރުވެރިންނަށްވެސް ޚިދުމަތް ދެވޭނެގޮތަށް ފަރުމާކުރެވޭ ބައިނަލްއަޤްވާމީ ފެންވަރުގެ ތީމް ޕާކެއް ރާއްޖޭގައި ޤާއިމުކުރުން.

ހުރިހާ ސިޓީއެއްގެ ހުރިހާ މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢެއްގެ ތެރެއިން، ބޮޑެތި މަގުތަކުގައި ތާރުއެޅުމާއި، އެހެނިހެން މަގުތަކުގައި ގާއެތުރުން.

ދިވެހިންނާއި ފަތުރުވެރިންނަށްވެސް ލިބޭނެ ލުއިފަސޭހަކަމެއްގެ ގޮތުގައި، ރާއްޖޭގެ އުތުރާއި ދެކުނުގައި ސީޕްލޭން ދެ މަރުކަޒު ޤާއިމުކުރުން.

2025 ގެ ނިޔަލަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުން ޕީ.ޕީ.އެމް އިން ފެށި ބިޔަ މަޝްރޫއު އެކީ ނިންމާ، އެ އެއަރޕޯޓަކީ ސަރަޙައްދީގޮތުންވެސް ދަތުރުވެރިން އިޚްތިޔާރުކުރާ ނާރެހަކަށް ހެދުން.