ކުޅިވަރާއި ކަސްރަތު
އިންޑޯ ޕިޗުތަކާއި، ކޯޓުތަކާ، ޖިމްތަކާ، ސްޕޯޓްސް ފިޒިއޮތެރަޕީ އަދި ރިހެބިލިޓޭޝަން ކްލިނިކްތަކާ، ރެސްޓޯރަންޓް އަދި ކެފޭތައް ހިމެނޭގޮތަށް، ރާއްޖޭގައި ކުޅޭ މަޤްބޫލު ހުރިހާ ކުޅިވަރުތަކަށް ޚާއްޞަކުރެވޭ ޒަމާނީ ފެންވަރުގެ ކޮމްޕްލެކްސެއް އެޅުން.
ރައްޔިތުންގެ ޞިއްޙަތާއި ދުޅަހެޔޮކަމަށް އެޅޭ އިތުރު ބާރެއްގެ ގޮތުގައި، ކުޅިވަރާއި ކަސްރަތުގެ ދާއިރާގައި ޙަރަކާތްތެރިވާ އެންމެހާ އަމިއްލަ ފަރާތްތަކާއި، ވިޔަފާރިތަކާ، ފަންނީ މާހިރުންނާ، އެކަޑަމީތަކާ، ކްލަބް ޖަމުއިއްޔާތައް އަދި ޤައުމީ ކުޅިވަރު އެސޯޝިއޭޝަންތައް ހިމެނޭ ގޮތަށް "ފިޓް މޯލްޑިވްސް" ގެ ނަމުގައި ޙާއްޞަ ޕޯޓަލްއެއް ޤާއިމުކުރުން.
ހުރިހާ މަޤުބޫލު ކުޅިވަރުތަކެއް ހިމެނޭގޮތަށް، މަތީ ޑިވިޜަންގައި ވާދަކުރާ ކްލަބްތަކަށް، ފެންވަރު ރަނގަޅުކޮށް ދެމެހެއްޓެނިވި ގޮތެއްގައި އެކުޅިވަރެއް ކުރިއަރުވަން ދެވޭ ހިތްވަރެއްގެ ގޮތުގައި ދައުލަތުގެ ކުންފުނިތަކުން ސްޕޮންސަރޝިޕްގެ ގޮތުގައި އެހީތެރިކަން ފޯރުކޮށްދިނުން
ޤައުމީ ކުޅީވަރު އެސޯސިއޭޝަންތައް އަމިއްލަ ފައިމައްޗަށް ތެދުވަން އެޅޭ ބާރެއްގެ ގޮތުގައި، އެކުޅިވަރެއް ކުރިއަރުވަން މިހާރު ލިބެމުންދާ ވަޞީލަތްތައް އިތުރުކުރުމަށް، ވަކި މިންގަނޑެއްގެ ތެރެއިން ވިޔަފާރި މުއާމަލާތްތައް ކުރެވޭނެ ގޮތަށް ޤާނޫނީ އޮނިގަނޑު އިޞްލާޙުކުރުން
ޤައުމީ އެތްލީޓުންނަށް ދެވޭ މުސާރައާއި ތަމްރީނާއި މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދިނުމުގައި، ދެ ޖިންސުގެ ދެމެދުގައި ތަފާތުކުރުމެއް ވާނަމަ އެކަން ހައްލުކޮށް، ހުރިހާ އެތްލީޓުންނަށް ހަމަހަމަ ފުރުސަތު ލިބޭނެ މަގު ތަނަވަސް ކުރުން.
ޤައުމީ އެތްލީޓުންގެ މުސާރަ ބޮޑުކުރުމާއެކު އެ އެތްލީޓުންގެ ޤައުމީ ޚިދުމަތުގެ އަގު ދެމެހެއްޓެނިވި ގޮތެއްގައި ވަޒަންކުރެވޭނެ ހަރުދަނާ އިންތިޒާމެއް ޤާއިމުކުރުކަށްޓަކައި، ޚާއްޞަ ޕެންޝަން ސްކީމެއް ތަޢާރަފުކުރުން.
މިހާރުގެ ހުނަރުވެރި ޤައުމީ އެތްލީޓުންނަށް އެހީތެރިވުމަށްޓަކައި، އޭރުގެ ޤައުމީ އެތްލީޓުންގެ މައްޗަށް އެކުލެވޭ 'ނޭޝަނަލް ސްޕޯޓްސް ވެޓަރަން އެމްބެސެޑާރސް' ގެ ދަފްތަރެއް އެކުލަވާލައި، އެ ފަރާތްތަކުގެ އެހީތެރިކަން އުޖޫރަ ލިބޭގޮތަށް ފޯރުކޮށްދިނުމުގެ މަގުފަހިކުރުން.
ޤައުމީ ހުރިހާ ކުޅިވަރު ޖަމިއްޔާތަކެއްގެ ބެލެނިވެރިކަން، އޮޅުންނާރާނެ ފަދަ ގޮތަކަށް އަދި ބައިނަލްއަޤުވާމީ އުޞޫލުތަކަށް ފެތޭގޮތަށް، ހަމަޖެއްސުމަށްޓަކައި މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ (އެމް.އޯ.ސީ) އަށް ލިބިދޭ ޤާނޫނީ ބާރުތައް އަދި އިޚްތިޔާރާއި މާލިއްޔަތު ސަރުކާރުގެ ތެރެއިން ނަކަލުކުރުމުގެ އާދަ ނިމުމަކަށް ގެނައުން.
ކުޅިވަރާއި ކަސްރަތުގެ ފަންނީ ހުނަރުވެރިކަން ރާއްޖޭގައި ފުޅާކުރުމަށްޓަކައި، އެ ދާއިރާތަކުން ޒުވާނުން ތަމްރީނާއި ތަޢްލީމު ޙާޞިލުކޮށް، އާމްދަނީ ހޯދުމުގެ ފުރުޞަތު ތަނަވަސް ކުރުން.