1st May 2026

މަސައްކަތްތެރިންގެ ދުވަހުގެ ތަހުނިޔާއާއި މުބާރަކުބާދީ އެންމެހައި މަސައްކަތްތެރިންނަށް ރައްދުކުރަން

ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކުރާ މަސައްކަަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ތަފާތު ދާއިރާތަކުގައި އަދި އެކި ޞިނާޢަތްތަކުގައި މަސައްކަތްކުރަމުންދާ އެންމެހައި މަސައްކަަތްތެރިންނަށް ދުވަހުގެ ތަހުނިޔާއާއި މުބާރަކުބާދީ އަރިސްކުރަމެވެ.

މިއަދުގެ ސަރުކާރުން ދިވެހި މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކޮށްދީ، އެކި ދާއިރާތަކާއި ޞިނާޢަތްތަކުގައި ކުރިއަށްދިއުމަށް ބޭނުންވާ މަގުތައް ކޮށައި އަލިކުރުމަށް، ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރަނީ ފަޚުރުވެރިކަމާއެކު، ޝުކުރު އަދާކުރާ ޙާލުއެވެ. މަސައްކަތްތެރިންގެ ޙައްޤުތައް ރައްކާތެރިކޮށްދީ، އެކި ފުރުޞަތުތައް ފަހިކޮށްދީ، ބާރުވެރިކުރުމަކީ ޕީއެންސީގެ ރިޔާސީ މެނިފެސްޓޯގައި ނުހަނު ބޮޑު އިސްްކަމެއް ދެވިފައި އޮތް ކަމެކެވެ.  މި ވެރިކަމުގައި މަސައްކަަތްތެރިންނާއި މަސައްކަތްތެރިކަން ކުރިއެރުވުމަށް ކުރެވުނު މަސައްކަތްތަަކުގެ ތެރޭގައި؛

1-މަސައްކަތްތެރިޖީލެއްބިނާކުރުމަށްރާއްޖޭގެފުރަތަމަވޮކޭޝަނަލްހައިސްކޫލުޤާއިމުކުރުން

2-ހުނަރާއިފަންނުކުރިއެރުވުމަށްސަރުކާރުންދޭހިލޭއެހީއާއިލޯނުއިތުރުކުރުން

3-އެއްވެސްޒުވާނަކުބާކީވިޔަނުދީކޮންމެކުއްޖަކީހަރުދަނާޒުވާނަކަށްހެދުމަށްވަޠަނީޚިދުމަތުގެޕްރޮގުރާމުފެށުން

4-ދިވެހިމަސްވެރިންނަަށްރަސްމީހައިސިއްޔަތާާއެކުކުރިންނުލިބޭއެތައްޚިދުމަތެއްލިބޭނެމަގުފަހިކުރުން

5-ބައިނަލްއަޤުވާމީބާޒަރުންދިވެހިމަސައްކަތްތެރިންގެއުފެއްދުންތަކށްޖާގަހޯދައިދިނުން

6-ނުކުޅެދުންތެރިކަންހުރިފަރާތްތަކަށްވަޒީފާގެފުރުސަތުތައްހޯދައިދިނުން

7-65އަހަރުފުރުމަށްފަހުވަޒީފާގައިދެމިތިބެން ބޭނުންވާމީހުންނަށްއެފުރުސަތުފަހިކޮށްދިނުން

8-ސަރުކާރާއިއަމިއްލަސިނާއަތްތަކުގެތެރެއިން23،000އަށްވުރެގިނަވަޒީފާއުފައްދައިދިނުން

9-ދިވެހިންނަށްއެކަނިއަދާކުރެވޭނެވަޒީފާތައްކަނޑައަޅައިއެއުސޫލުތަންފީޒުކުރުން

10-ޤަވާޢިދާޚިލާފަށް އުޅޭބިދޭސީންގެމައްސަލަހައްލުކުރުމަށްހަރުދަނާފިޔަވަޅުތަކެއްއެޅުން

11-ވިހެއުމަށްފަހުވަޒީފާއަށްނުކުންނަމުވައްޒަފުންނަށްދަރިފުޅަށްދެއަހަރުފުރެންދެންދަރިފުޅުގެކަންކަންބެލެހެއްޓުމަށްދުވާލަކުދެފަހަރުގެމަތިން30މިނިޓުގެހުސްްވަގުތުކޮޅެއްލިބޭގޮތަށްސިވިލްސާވިސްގެގާނޫނުއިސްލާހުކުރުން

މަތީގައި ދެންނެވުނު ކަންކަމަކީ މަސައްކަތްތެރިންނަށް ފަހި މާހައުލެއް ގާއިމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ކުޑަ މިންވަރެކެވެ. ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއެކު، ތަމްރީނާއި ތައުލީމުގެ ފުރުސަތުތައް އިތުރުކޮށް، ދިވެހި މަސައްކަތްތެރިންނަކީ 21 ވަނަ ޤަރުނުގެ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ޤާބިލުކަން ލިބިފައިވާ ބަޔަކަށް ހެދުމަށް އިތުރު އެތައް މަސައްކަތެއް އަންނަނީ ކުރެވެމުންނެވެ.

މި ސަރުކާރުގައި ފެށިފައިވާ މިފަދަ ހުރިހާ މަސައްކަތްތަކެއްގައި ބަރަކާތްލައްވައި އެކަންކަމުގެ ފޮނި މީރުކަން ދިވެހި މަސައްކަތްތެރިންނަށް މިންވަރުކުރައްވާށިއެވެ.