
ޕީއެންސީގެ މެންބަރުންގެ މަޖިލީހަށް އާއްމު 18 މެންބަރަކު އިންތިހާބުކޮށްފި
ޝެއަރ ކުރުމަށް
ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ މެންބަރުންގެ މަޖިލީހަށް ހޮވާ އާއްމު 18 މެންބަރުން އެ ޕާޓީގެ މަތީ މަޖިލީހުގައި އިންތިހާބުކޮށްފިއެވެ.
އިއްޔެ ރަސްްމީކޮށް ފެށުނު ޕީއެންސީގެ މަތީ މަޖިލީހުގައި މިއަދު ކުރިއަށްގެންދިޔައީ އެ ޕާޓީގެ ނައިބުރައީސުންނާއި ޕާޓީގެ މެންބަރުންގެ މަޖިލީހަށް ބޭފުޅުން އިންތިހާބުކުރުމެވެ. އެގޮތުން ޕާޓީގެ ހަ ނައިބުރައީސުންނާއި، މެންބަރުންގެ މަޖިލީހުގައި އަންހެނުންނާއި ޒުވާނުންނަށް ހާއްސަކުރި ގޮނޑިތަކަށާއި، އާއްމުކޮށް އެންމެހައި މެންބަރުންނަށް ހުޅުވާލައިގެން ހޮވި 18 މެންބަރުން އިންތިހާބުކުރުމަށް ވޯޓު ނެގިއެވެ.
މެންބަރުންގެ މަޖިލީހުގެ 18 ގޮނޑިއަކަށް ބޭފުޅުން އިންތިހާބުކުރަން ހަމަޖެހިފައި އޮތްއިރު އެ 18 ގޮނޑިއަށް 70 އަށްވުރެ ގިނަ ބޭފުޅުން ކުރިމަތިލައްވާފައިވެއެވެ. އެ ބޭފުޅުންގެ ތެރެއިން އިންތިހާބު ކާމިޔާބުކުރެއްވި 18 ބޭފުޅުންނާއި އެ ބޭފުޅުންނަށް ލިބިވަޑައިގަތް ވޯޓަކީ:
1- އަހްމަދު ހަމްދުﷲ ރަޝީދު- 747 ވޯޓު
2- ހުސައިން ޔާމީން މުހައްމަދު- 746 ވޯޓު
3- މުހައްމަދު އަބްދުﷲ- 722 ވޯޓު
4- މުހައްމަދު އާސިފު- 711 ވޯޓު
5- އަބްދުﷲ މުފީދު- 709 ވޯޓު
6- އަމާނީ މުހައްމަދު- 701 ވޯޓު
7- އިބްރާހީމް ރައްޒާން- 700 ވޯޓު
8- އަހްމަދު ސިއްދީގު- 696 ވޯޓު
9- ޝުއާއުﷲ ސައީދު 694 ވޯޓު
10- ހަސަން މާއިލް އަލީ- 693 ވޯޓު
11- ހަސަން ފައިހަތު ގުދުރަތުﷲ 692 ވޯޓު
12- މުހައްމަދު ނަޝާތު ރަޝީދު 691 ވޯޓު
13- މުހައްމަދު ކިނާން- 689 ވޯޓު
14- މުހައްމަދު އަރީޝް 688 ވޯޓު
15- މުހައްމަދު މަބްރޫކު 787 ވޯޓު
16- އިސްމާއީލު ސުހައިލު 685 ވޯޓު
17- އަހްމަދު ޝިމާއު 683 ވޯޓު
18- މުހައްމަދު ވަހީދު 682 ވޯޓު
ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގައި މިއަދު ކުރިއަށްގެންދިޔަ ވޯޓުން އިންތިހާބުވެވަޑައގަތް ބޭފުޅުން މަގާމުތަކާ ހަވާލުވެވަޑައިގަންނަވާނީ މިރޭ އޮންނަ ރަސްމިއްޔާތުގައި މަގާމުގެ އިގުރާރުކުރެއްވުމަށްފަހުއެވެ. މިއަދު ކުރިއަށްދިޔަ އިންތިހާބުގައި 1،200 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެވަޑައިގެންފައިވެއެވެ.
ކޮންގްރެސް ޕާޓީގެ މަތީ މަޖިލީހުގައި މަގާމުތަކަށް ބޭފުޅުން އިންތިހާބުކުރުމުގެ އިތުރަށް ސަރުކާރުގެ އެކި އިދާރާތަކާއި މުއައްސަސާތަކުން މި ކޮންގްރެސްގައި ބައިވެރިވެވަޑައިގަންނަވާ މަންދޫބުންނަށް މައުލޫމާތު ދިނުމަށް ސެޝަންތައް ކުރިއަށްގެންދިޔައިރު، މަތީ މަޖިލީހުގެ ރަސްމީ ހަރަކާތްތަކުގެ ހަވާސާގައި ދައުލަތުގެ ކުންފުނިތަކާއި ވުޒާރާތަކާ ބައްދަލުކުރައްވައި ރަށްރަށުގައި ހިނގަމުންދާ މަސައްކަތްތަކާ ގުޅޭ މައުލޫމާތު އޮޅުންފިލުއްވުމުގެ ފުރުސަތު މެންބަރުންނަށް ފަހިކޮށްދީފައިވެއެވެ.