
ޒުވާނުންގެ ތެރެއިން ޕީއެންސީގެ މެންބަރުންގެ މަޖިލީހަށް ހޮވާ ހަތް ބޭފުޅުން އިންތިހާބުކޮށްފި
ޝެއަރ ކުރުމަށް
ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ މެންބަރުންގެ މަޖިލީހުން ޒުވާނުންނަށް ހާއްސަކުރި ހަތް ގޮނޑިއަށް ބޭފުޅުން އިންތިހާބުކޮށްފިއެވެ.
ކޮންގްރެސް ޕާޓީގެ މަތީ މަޖިލީހުގައި މިއަދު ކުރިއަށްގެންދިޔައީ އެ ޕާޓީގެ ނައިބުރައީސުންނާއި މަތީ މަޖިލީހުގެ މެންބަރުން އިންތިހާބުކުރުމެވެ. އެގޮތުން ޕާޓީގެ ނައިބުރައީސްކަމަށް ހަ ބޭފުޅަކު އިންތިހާބުކޮށްފައިވާއިރު، މަތީ މަޖިލީހުން އަންހެނުންނަށް ހާއްސަކުރި ދިހަ ގޮނޑިއަށް ބޭފުޅުން އިންތިހާބުކުރުމާއެކު، ޒުވާނުންނަށް ހާއްސަކުރި 7 ގޮނޑިއަށްވެސް ބޭފުޅުން އިންތިހާބުކޮށްފައިވެއެވެ.
މި ހަތް ގޮނޑިއަށް ޖުމްލަ 12 މެންބަރަކު ވާދަކުރެއްވިއެވެ. އެބޭފުޅުންގެ ތެރެއިން ހޮވިވަޑައިގެންނެވި ބޭފުޅުންނާއި އެ ބޭފުޅުންނަށް ލިބިވަޑައިގެންނެވި ވޯޓަކީ؛
1- ސިމާން ހާދީ 881 ވޯޓު
2- މަލްޝާ ޝަރީފު 856 ވޯޓު
3- އިބްރާހީމް އަދްޔާން ނިމާލް 857 ވޯޓު
4- އިސްމާއީލް ރިފާއު 850 ވޯޓު
5- ލުޖައިނުﷲ ޒުހައިރު 851 ވޯޓު
6- ހައްމާދު ރަޝީދު 849 ވޯޓު
7- މުހައްމަދު އަސީލު 852 ވޯޓު
ޒުވާނުންގެ ތެރެއިން މެންބަރުންގެ މަޖިލީހަށް އިންތިހާބުކުރި ހަތް މެންބަރުންގެ ތެރެއިން އެންމެ ގިނަ ވޯޓާއެކު އިންތިހާބުވެވަޑައިގަތީ ސިމާން ހާދީއެވެ.
މެންބަރުންގެ މަޖިލީހަށް އަންހެނުންގެ ތެރެއިން އަދި ޒުވާނުންގެ ތެރެއިން އިންތިހާބުކުރުމަށް ހަމަޖެހިފައިވާ މަގާމުތަކަަށް ބޭފުޅުން އިންތިހާބުކޮށްފައިވާއިރު، މެންބަރުންގެ މަޖިލީހުން އާއްމުކޮށް ހުޅުވާލައިގެން އިންތިހާބުކުރާ 18 މެންބަރުންގެ މަގާމަށް ޖުމްލަަ 70 އަށްވުރެ ގިނަ ބޭފުޅުން ވާދަކުރައްވަައެވެ.
މެންބަރުންގެ މަޖިލީހަށް ބޭފުޅުން އިންތިހާބުކުރުމުގެ އިތުރަށް އަންހެނުންގެ ހަރަަކާތާއި ޒުވާނުންގެ ހަރަކާތުގެ އެކި މަގާމުތަކަށް ބޭފުޅުން އިންތިހާބުކުރުމަށްވެސް ހަމަޖެހިފައިވަނީ މިއަދުއެވެ.