
ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ ޖަގަހަ ރަސްމީކޮށް ހުޅުވައިފި
ޝެއަރ ކުރުމަށް
ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޖަގަހަ (ޕީއެންސީ ހައުސް) ރަސްމީކޮށް ހުޅުވުމުގެ ހުޅުވައިފިއެވެ.
ހޮނިހިރު ދުވަހުގެރޭ 20:30 ގައި ހ.ވެޔޮވިލާގައި ހުންނަ ޕީއެންސީ ޖަގަހަ ރަސްމީކޮށް ހުޅުވައިދެއްވީ ޕީއެންސީގެ ރައީސް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

ޕީއެންސީ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ސަރުކާރުގެ ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންގެ އިތުރުން، ޕީއެންސީގެ މަޖްލިސް މެމްބަރުންނާއި، ޕްރޮގްރެސިވް ކޮންގްރެސްއަށް ތާއީދުކުރާ ގިނަ ބަޔަކު ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.