
ޕީއެންސީގެ ސްޓިއަރިން ކޮމިޓީތަކާއި ދާއިރާތަކުގެ އިންތިހާބުގެ ވޯޓުލުން ފަށައިފި
ޝެއަރ ކުރުމަށް
ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ސްޓިއަރިން ކޮމިޓީތަކާއި ދާއިރާތަކުގެ އިންތިހާގެ ވޯޓުލުން އެކަމަށް ކަނޑައެޅިފައިވާ މަރުކަޒުތަކުގައި މިއަދު ހެނދުނު 9:00 ގައި ފަށައިފިއެވެ.
މިއަދު ކުރިއަށްްގެންދާ އިންތިހާބުގެ ވޯޓުލުން އޮންނާނީ ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:00 އަށެވެ. މި އިންތިހާބުގެ ވޯޓުލުން 131 ރަށު ދާއިރާއެއްގައި ކުރިއަށްގެންދާނެއެވެ.
މި އިންތިހާބުގައި ދާއިރާތަކުގެ ސްޓިއަރިން ކޮމިޓީތަކުގެ ރައީސުންނާއި ނައިބުރައީސުންނާއި، އެކި މަގާމުތަކާއި މެންބަރުކަމަށް ބޭފުޅުން އިންތިހާބުކުރާނެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ދާއިރާތަކުގެ ތެރެއިން ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ނެތް ދާއިރާތަކުގެ ދާއިރާ ރައީސުން އިންތިހާބުކުރާނެއެވެ. އަދި ޕީއެންސީ މެންބަރުން މަޖިލީހުގައި ތަމްސީލުކުރައްވާ ދާއިރާތަކަށް ދާއިރާތަކުގެ ނައިބުރައީސުން އިންތިހާބުކުރާނެއެވެ.
މި އިންތިހާބަކީ ރާއްޖޭގެ ސިޔާސީ ޕާޓީއެއްގެ މަގާމުތަކަށް އެންމެ ގިނަ މެންބަރުން އިންތިހާބުކުރާ އިންތިހާބަަށްވާނެއެވެ. މި އިންތިހާބު ނިމޭއިރު 2،500 އަށްވުރެ ގިނަ މަގާމަށް ބޭފުޅުން ހަމަޖެހިގެންދާނެކަމަށް ޕީއެންސީން ބުނެއެވެ.