Article Image

ދާއިރާތަކުގެ އިންތިޚާބާ ގުޅޭ އެންމެ ފަހުގެ މަސައްކަތްތައް ޕާޓީގެ ލީޑާޝިޕުން ބައްލަވާލައްވައިފި

ޝެއަރ ކުރުމަށް

ޕީޕަލްސް ނޭޝަަނަލް ކޮންގްރެސްގެ ދާއިރާތަކުގެ އިންތިޚާބުގެ އިންތިޒާމުތައް ހަމަޖެއްސެމުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ޕާޓީގެ ލީޑާޝިޕުގެ ބޭފުޅުން ބައްލަވައިލައްވައިފިއެވެ.

އެގޮތުން ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އަދި ޕާޓީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙުވަނީ ޕާޓީގެ ދާއިރާތަަކުގެ ރައީސުންނާ ބައްދަލުކުރައްވަފައެވެ.

އަދި އެ ބޭފުޅުންވަނީ ޕާޓީގެ އިންތިޚާބީ ކޮމިޓީގެ މެންބަރުންނާއި، އިންތިޚާބުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވެވަޑައިގަންނަވާ އޮފިޝަލުންނާ ބައްދަލުކުރައްވާފައެވެ.

ޖުލައި މަހުގެ 11 ވަނަ ދުވަހު ދާއިރާތަކުގެ އިންތިޚާބު އޮންނައިރު، އެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ބަންދުވާނީ ޖޫން 30 ވަނަ ދުވަހުގެ ނިޔަލަށެވެ.